އިންޑިއާއިން ގެއްލުނު މަހުދީ ފެނިއްޖެ

މިދިޔަ އަންގާރަ ދުވަހުން ފެށިގެން، ހޯދަމުންދިޔަ ކ ތުލުސްދޫ، ޕަރިސްތާ / މުހައްމަދު މަހްދީ (35) ފެނިއްޖެއެވެ.
މަހުދީގެ އާއިލާއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އަދި އޭނާ ހޯދަން މަސައްކަތް ކޮށްދިން މީހުންނަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މަހުދީ އަކީ އަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އޭނާ އަކީ ބައިޕޯލަރ ޑިސްއޯޑާއަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް އާއިލާއިން “ދެން”އަށް މަޢުލޫމާތު ދެމުން މީގެ ކުރިން ބުނެފައިވެއެވެ.
ބައްޕައާއި ޅިޔަނަކާއި އެކު އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ހުއްޓާ އަންގާރަ ދުވަހު ހެނދުނު މަހުދީ ގެއްލުނީ އަމްރިތާ ހޮސްޕިޓަލް ތެރެއިންނެވެ.

Ads by HDC