ޚަބަރު ސިޔާސީ

އެމްއެންޕީގެ އަމާޒަކީ ރައްޔިތުންނަކީ ފުދުންތެރި، އުފާފާގަތި ބަޔަކަށް ހެދުން: ނާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ އަމާޒަކީ ދިވެހީންނަކީ ފުދުންތެރި، އަދި އުފާ ފާގަތި ބަޔަކަށް ހެދުން ކަމަށް އެ ޕާޓީގެ ރައީސް، އަދި ރަައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ، ކ. ގުރައިދޫގެ އެމްއެންޕީ ޖަގަހަ ހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނީ، ދިވެހީންނަކީ އަމިއްލަ މުހުދާތުތައް ފުއްދުމަށް އެއްވެސް ވަރެއްގެ ހާސްކަމެއް ނެތި އެކަން ހާސިލު ކުރެވޭނެ، އެކައުންޓުގައި ފައިސާ ހުންނަ ބަޔަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ރައްޔިތު މީހާގެ ބޭންކު އެކައުންޓަކީ ހިތްހަމަޖެހޭ ވަރަށް އެ އެކައުންޓުގައި ފައިސާ ހުންނަ އެކައުންޓަކަށް ހެދުމަށް" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ ގުރައިދޫގައި ގެސްޓްހައުސް ހިންގުމަށް އެމްއެންޕީގައި ސިޔާސަތެއް އެބައޮތް ކަމަށާއި އެއީ ކާމިޔާބު ސިޔާސަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ ގުރައިދޫ ގެސްޓްހައުސްތައް ހިންގާ މީހުންނަށް އެކަށީގެންވާ އަދަދެއްގެ އާމްދަނީ ލިބެމުން ނުދާ ކަމަށާއި އެ ރަށް ކައިރީގައި ރިސޯޓުތަކެއް ހިންގިޔަސް ގުރައިދޫގެ ރައްޔިތުންނަށް އެކަމުން މަންފާއެއް ނުލިބޭ ކަމަށެވެ.

އަދި އެމްއެންޕީގެ ވެރިކަމެއްގައި ރިސޯޓުތަކަށް އެ ރިސޯޓަކާ ކައިރީގައިވާ ރަށްރަށުން ވިޔަފާރިކުރަން މަޖުބޫރުކުރުވާނެކަން ފާހަގަކުރައްވައި އޭނާ ވަނީ ރައްޔިތުންނަށް މަންފާ ނުވަންޏާ ރިސޯޓުތައް ހަދަން ރަށްތަކާއި ފަޅުތައް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!