ދުނިޔެ

ޗައިނާއާ ދެކޮޅަށް އިގްތިސާދީ ވާދަވެރިކަން އިތުރުކުރުމަށް އިންޑިއާއާއެކު އެމެރިކާއިން މަސައްކަތް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއާ ދެކޮޅަށް ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން އުފެއްދުންތެރިކަމުގެ ބައެއް ވަޒީފާތަކުގައި އިންޑިއާއާ ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއިން ވިސްނަމުންދާ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސީއެންބީސީގެ "މެޑް މަނީ" ގައި ރައިމޮންޑޯ ވިދާޅުވީ ސެމިކޮންޑަކްޓަރ ޗިޕް އުފެއްދުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އިއްތިހާދާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ސީއީއޯއިންނާއެކު އަންނަ މާޗް މަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމާސް ސެކްރެޓަރީ ވަނީ އަންގާރަ ދުވަހު ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި އެމެރިކާގެ އުފެއްދުންތެރިކަމާ ބެހޭ ގޮތުން ރައީސް ޖޯ ބައިޑަން ދެއްކެވި ބައެއް ވާހަކަތައް ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލި އަޅުއްވާލާފައެވެ.

"އަޅުގަނޑަށް ހީވަނީ، 1990 ވަނަ އަހަރު އެމެރިކާގައި ޗިޕް އިންޑަސްޓްރީގައި 350،000 މީހުން މަސައްކަތް ކުރި ހެން. މިހާރު އުޅެނީ 160،000 މީހުން" އެމެރިކާގެ ޗިފް އިންޑަސްޓްރީގެ ހާލަތު ވިދާޅުވަމުން ރައިމޮންޑޯ ވިދާޅުވިއވެ،

އޮގަސްޓް މަހު ގާނޫނަކަށް ސޮއިކުރި ބައިޑަންގެ ޗިޕްސް އެންޑް ސައިންސް ގާނޫނުގެ ދަށުން އެމެރިކާގެ ކުންފުނިތަކަށް ޗިޕް އުފެއްދުމަށް އިންވެސްޓް ކުރުމަށް 52 ބިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ.

އެމެރިކާ މިވަގުތު އޮތީ ޗިޕް އިންޑަސްޓްރީގައި ވަރަށް ދަށުގައެވެ. އެއާ އަޅާ ބަލާއިރު ޓައިވާން އާއި ދެކުނު ކޮރެއާއަކީ ޗިޕްސްގެ ދުނިޔޭގެ ފައުންޑްރީ މާކެޓުގެ 80 ޕަސެންޓެވެ. ދުނިޔޭގެ އެންމެ ޒަމާނީ ޗިޕް އުފައްދާ ކުންފުނި ކަމަށްވާ ޓީއެސްއެމްސީގެ މައި އޮފީސް ވެސް ހުންނަނީ ޓައިވާނުގައެވެ.

ނަމަވެސް އެމެރިކާ އާއި އިންޑޯ ޕެސިފިކް "ކުއަޑް" ސަރަހައްދު ގުޅިގެން ކުރާ މަސައްކަތުން ޓައިވާނުގެ ސެމިކޮންޑަކްޓަރުތަކަށް މުޅި ދުނިޔެ ބަރޯސާވާ މިންވަރު ކުޑަކުރެވިދާނެ އެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާއިން ވަނީ ސެމިކޮންޑަކްޓަރުތަކާއި އެތަކެތީގެ ކޮމްޕޯނެންޓްތަކަށް ވަނުމުގެ ގޮތުން ސެމިކޮންޑަކްޓަރ ސަޕްލައި ޗެއިން އިނީޝިއޭޓިވްއެއް ގާއިމުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!