ދުނިޔެ

އޮޕަރޭޝަން ދޯސްތް: އިންޑިއާގެ އެހީތެރިކަން ތުރުކީއަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮޕަރޭޝަން ދޯސްތް ހަރަކާތް ފަށައިފިއެވެ.

Ads by Sosun Fihaara

އޮޕަރޭޝަން ޑޮސްޓް ފަށާފައިވަނީ ސާޗް އެންޑް ރެސްކިއު (އެސްއޭއާރް) ގެ އެހީގައި ތަކެއްޗާއި ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މި ހަރަކާތާއެކު އައިއޭއެފްގެ ފުރަތަމަ ސީ-17 މަރުކާގެ މަތިންދާ ބޯޓު، އެހީއަށް އެދުނުތާ މާގިނައިރުތަކެއް ނުވެ، ސްޕެޝަލައިޒްޑް އެސްއޭއާރް ޓީމަކާއެކު ތުރުކީއަށް ފުރައިގެން ދިޔައެވެ.

އޭގެ ފަހުން އިންޑިއާއިން ވަނީ 250 އަށް ވުރެ ގިނަ ސިފައިންނާއި ސްޕެޝަލައިޒްޑް އިކުއިޕްމަންޓާއި 135 ޓަނަށް ވުރެ ގިނަ އެހެނިހެން ރިލީފް މެޓީރިއަލް ސީ-17 އައިއޭއެފްގެ ފަސް މަތިންދާ ބޯޓެއްގައި ތުރުކީއަށް ފޮނުވައިފައެވެ.

އޭގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ގެ ސެލްފް ސަސްޓެއިންޑް ތިން ޓީމަކާއި ހާއްސަ ތަމްރީނު ލިބިފައިވާ 150 އަށް ވުރެ ގިނަ ސިފައިންގެ އިތުރުން ޑޯގް ސްކޮޑާއި ސްޕެޝަލައިޒްޑް އިކުއިޕްމަންޓާއި ވެހިކަލް އަދި ސާމާނު ހިމެނެއެވެ. އެމީހުން ގެންގުޅޭ އާލާތްތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ދެނެގަތުމާއި، ތަންތަނާއި، ވަނުމާއި، އެމީހުން ބޭރުކުރުމުގެ މަގު ފަހިވެގެންދެއެވެ.

މީގެ އިތުރުން އިންޑިއާ އަސްކަރިއްޔާގެ 30 އެނދުގެ ސެލްފް ސަސްޓެއިންޑް ފީލްޑް ހޮސްޕިޓަލެއް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ސާމާނު ވެސް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި ހާއްސަ ތަމްރީނު ލިބިފައިވާ 99 މީހުންގެ ޓީމަކާއި ޒަރޫރީ ބޭހާއި އެޑްވާންސް އިކުއިޕްމަންޓާއި ވެހިކަލް އަދި އެމްބިއުލާންސް ހިމެނެއެވެ. އެ ހޮސްޕިޓަލުން މުޅިން ފަންކްޝަނަލް އޮޕަރޭޝަން ތިއޭޓަރަކާއި އެކްސްރޭ އާއި ވެންޓިލޭޓަރު ފަދަ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ.

މި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށް އިންޑިއާ އިން ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!