އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

އައްޑު އަތޮޅު ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވިދާޅުވީ މިވަގުތު އޭނާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.