ޚަބަރު އިޖުތިމާޢީ

މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވި މައްސަލައެއް ބަލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރޭ މާލޭގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ، ހެންވޭރު އަސްރަފީ މަގުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް ރޭ ދަންވަރު 03:00 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

ފުލުހުން ވަނީ، މި މައްސަލަ ބައްލަވަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.

މިފަހުން މާލޭގައި ސިލްސިލާ މާރާމާރިތަކެއް އަންނަނީ ހިންގަމުންނެވެ.

 

 

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!