ޚަބަރު

ނަސްރުންގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ބަންދު ކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖުމްހޫރީ މައިދާނުގައި ކޮތަރުތަކެއް އުދުއްސައިގަންނަނީ/ ފޮޓޯ: ދެން

ނޮވެމްބަރު ތިނެއްގެ އުދުވާނުން ލިބުނު ކާމިޔާބީ ފާހަގަކުރަން އަންނަ މަހު ތިން ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަހު ބާއްވާ ހަރަކާތަތްތަކަށް ފަރިތަކުރުންކުރުން ކުރިއަށް ގެންދަން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދު ވަގުތީ ގޮތުން ހަވީރު ބަންދުކުރަން ނިންމައިފިއެވެ.

އެ ފަރިތަކުރުންތައް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދޭކާ ހަމައަށް ހަވީރު 16:00 އިން 18:00 އަށެވެ.

ފުލުހުން ބުނީ އެ ފަރިތަކުރުންތައް ކުރިއަށްދާ އިރު ޖޫމްހޫރީ މައިދާން ހިމެނޭ ބައެއް ސަރަހައްދުގެ މަގުތަކާއި ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

ބަންދުކުރަން ނިންމާފައިވާ ސަރަހައްދުގެ ޗާޓެއް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

"މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދެމެވެ." ފުލުހުން ބުންޏެވެ.

Ads by HDC