މާލޭ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ބޮޑުތަކުރުފާނު މަގު ބެންކް ކުރިމަތީ އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އަލިފާން ރޯވީ ލޯންޗުގެ އިންޖީނުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Ads by Allied Insurance