އެޕަލްގެ އަމާޒަކީ އިންޑިއާގައި 25،000 އިތުރު މުވައްޒިފުން ނެގުން
އެޕަލްއަށް ސަޕްލައިކުރާ ފިންލޭންޑްގެ ސަލްކޮމްޕްގެ ވިސްނުން ހުރީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އިންޑިއާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 25،000 އަށް ދެގުނަ އަށް އިތުރުކޮށް، 2025 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގައި އަހަރަކު ލިބޭ އާމްދަނީ މަދުވެގެން ދެ ބިލިއަން ޑޮލަރާއި ތިން ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަމާޒުހިފާފައިވާ ކަމަށް އެ ކުންފުނީގެ އިސް އެގްޒެކެޓިވް އަކު ބުނެފިއެވެ.
މި ގޮތަށް ނިންމާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހަރުކަށި ލޮކްޑައުންތަކާއި ފިޔަވަޅުތަކަށް ފަހު އެޕަލް އިން އުފެއްދުން ޗައިނާއާ ދުރަށް ބަދަލުކޮށް، ބެއިޖިން އާއި ވޮޝިންޓަނާ ދެމެދު ވިޔަފާރީގެ އަދި ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
"މުޅި ސަޕްލައި ޗެއިން މިހާރު ބަލަނީ އެނޫން ގޮތެއް. އަދި އިންޑިއާ އޮތީ އެންމެ ރަނގަޅު އެއް އޮލްޓަނޭޝަނަކަށް،" އިންޑަސްޓްރީގެ އިވެންޓެއްގައި އިންޑިއާގެ ދެކުނުގެ ޗެންނާއީ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަލްކޮމްޕް މެނުފެކްޗަރިން އިންޑިއާގެ މެނޭޖިން ޑިރެކްޓަރު ސަސީކުމާރު ޖެންދަމް ވިދާޅުވިއެވެ.
"މުޅި ދުނިޔެ މި އެއް ގައުމަށް (ޗައިނާ) ބަރޯސާވެފައިވާކަން އެންމެންނަށް ވެސް އެނގޭ، މިއީ ހަގީގަތުގައި ވެސް ޑައިވާސިފައިކޮށް ޑިކްލަސްޓާ ކުރަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.
ކެލިފޯނިއާގެ އެޕަލް އިން 2017 ވަނަ އަހަރު ވިސްޓްރޯން އަދި ފަހުން ފޮކްސްކޮން މެދުވެރިކޮށް އެ ގައުމުގައި އައިފޯން އެސެމްބްލީ ކުރަން ފެށި ފަހުން، އިންޑިއާ ސަރުކާރުން ލޯކަލް މެނުފެކްޗަރިންއަށް ކުރާ މަސައްކަތާ އެއްގޮތަށް، އިންޑިއާއަށް ވަރަށް ބޮޑަށް ބެޓް ކުރެ އެވެ.
ސާލްކޮމްޕްގެ ޗެންނާއީ ޕްލާންޓްގައި މިހާރު ގާތްގަނޑަކަށް 12،000 މީހުން ވަޒީފާ އަދާކުރާ އިރު، އެ ޕްލާންޓުގައި ގިނައިން ޗާޖަރު އުފައްދާ އިރު، ސްމާޓްފޯންގެ އެހެނިހެން ބައިތައް ވެސް އެ ކުންފުނިން އުފައްދައެވެ.