ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެއްޖެ

ފުވައްމުލަކު ސިޓީގެ ދޫނޑިގަމް އަވަށުގެ ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ސަރަހައްދުގައި އަލިފާން ރޯވި ކަން އެނގިފައިވަނީ 19:40 ގައެވެ. އަދި މިހާރު ފުވައްމުލަކު ފަޔަރ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން އިތުރު ތަފްސީލް އެމްއެންޑީއެފުން ދީފައިނުވެއެވެ.

Ads by Allied Insurance