ޚަބަރު ސިޔާސީ

އެމްޑީޕީގެ ތުރީލައިން ވިޕާ ދެކޮޅަށް ހަތަރު ވަނަ ފަހަރު ޢަމަލު ކޮށްފިނަމަ، ޕާޓީން ވަކި ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް(ޕީޖީ)އިން ނެރޭ ތުރީލައިންވިޕާ ދެކޮޅަށް ހަތަރު ވަނަ ފަހަރަށް ޢަމަލު ކޮށްފިނަމަ، ޕާޓީން ވަކި ކުރާ ގޮތަށް ޤަވާއިދު އިސްލާޙު ކުރަން ނިންމައިފިއެވެ

Ads by Hajj Corporation

ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ މައްސަލަތަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، އެއާ ދެކޮޅަށް ބައެއް މެމްބަރުން ޢަމަލު ކުރައްވަމުން ގެންދަވާ ކަަމަށެވެ.

އަދި ތަކުރާރުކޮށް ވިޕްލައިނާ ޚިލާފަށް ވޯޓު ދެއްވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ވިޕްލައިންއާ ހިލާފުވާ މެންބަރުންނާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައް ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ޤަވައިދަށް ގެންނަ އިސްލާހަކީ ތުރީ ލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލިމެންޓަރީ ގްރޫޕުގެ ކޮންމެ މެމްބަރެއް މަޖިލީހަށް ހާޒިރުވުމަށާއި، ކަނޑައަޅާފައިވާ ގޮތަށް ވޯޓު ދިނުން ލާޒިމް ކުރުމެވެ.

އަދި ކުރިން އެއްވެސް ހުއްދައެއް ނެތި، ވިޕާ ޚިލާފުވެއްޖެނަމަ  އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

މީގެ އިތުރުން ޓޫ ލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވެ ތިބި ކޮންމެ މެމްބަރެއް ވިޕްލައިނާ އެއްގޮތަށް ވޯޓު ދިނުމަށާއި، ހާޒިރުނުވެވޭނަމަ ޕީޖީ ލީޑަރަށް އަންގަން ވަނީ ހިމަނައިފައެވެ. އަދި ހާޒިރުވެ ވިޕްލައިނާ ޚިލާފަށް ވޯޓު ދިނުމަކީ ކުށެއް ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

ފުރަތަމަ ފަހަރަށް ޓޫލައިންވިޕާ ހިލާފުވެއްޖެނަމަ އަނގަ ބަހުން ނަސޭހަތް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ ލިޔުމުން ނަސޭހަތް ދިނުން އަދި ތިން ވަނަ ފަހަރަށް ޚިލާފުވެއްޖެނަމަ ފިޔަވަޅު އެޅުމުގައި ޢަމަލުކުރެވޭނީ ތްރީ ލައިން ވިޕާ ޚިލާފުވުމުން ޢަމަލުކުރެވޭ އުސޫލުންނެވެ.

Ads by Allied Insurance
  1. ލަބީޤް މުޙައްމަދު މާހިދު މ. މަނަދޫވިއު

    ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ދޭ ވޯޓަކާއި ގުޅިގެން ޕާޓީއަކުން ފިޔަވަޅު އެޅުމަކީ ޤާނޫނު އަސާސީއާއި ތަޢާރަޟުވާކަމެއް.
    ޤާނޫނު އަސާސީއަކު ނޯންނާނެ ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ސިޔާސީ ޕާޓީތަކުން ސްލޮޓް ކަނޑައަޅާ ފަރާތްތަކެއް ކަމަކަށް.