ޚަބަރު

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅުނު ބިދޭސީމީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅުނު ބިދޭސީ އަންހެން މީހާ އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ މާލެ މަގުމަތީގައި ސަލާން ޖަހަން އުޅޭ ޖަޕާން އަންހެނެއް ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަދެކެވެމުންދާ ކަމަށެވެ.

އަދި އެކަން ފުލުހުންގެ ސަމާލުކަަމަށް އައުމާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާއާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!