ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ޔާސިރު ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެއިން ގެއްލިގެން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިއުލާނުކުރި އައްޑޫ މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ފެނިއްޖެއެވެ.

Ads by STELCO

ފުލުހުން ބުނީ އާސިރު ފެނިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އާސިރު ފެނުނު ވަކި ތަނެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އާސިރު ހޯދުމަށް ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގޭ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ބަލާފަ އެވެ.

Ads by Allied Insurance
  1. ދޮންއާދަމްބޭ.

    އިތުރުތަފްޞީލް ނުދެނީކީއްވެތަ އިމްރާން؟؟ޝައްކެއްވަސްވާހެއްނެތް،ތިޔައީ ސަރުކާރުން ކަންކަން ކުރެވޭކަން އަންގަން ކުޅެލާފަވާ ކުރު ޑްރާމާއެއް…