ދުނިޔެ

ދެ ހަފްތާތެރޭ ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކަށް އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ވެގެންދާނީ 1.4 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށެވެ. އެކަމަކު މަދުވެގެން އަހަރެއްހާ ދުވަސް ވަންދެން، އަދި އެއަށްވުރެ ދިގު މުއްދަތަކަށް، އެ ގައުމުގައި ތިބީ ކިތައް މީހުންކަން ނޭނގޭނެ، އެ މީހުން ގުނާނުލެވޭތީ އެވެ.

Ads by Sosun Fihaara

2021 ވަނަ އަހަރު އިންޑިޔާގައި 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަދި ބަލިމަޑުކަމުގެ ސަބަބުން ލަސްވަމުން އަންނަ އިންޑިޔާގެ ބޯހިމެނުމުގެ މަސައްކަތް މިހާރު ވަނީ ޓެކްނިކަލް އަދި ލޮޖިސްޓިކް ހުރަސްތަކުގެ ތެރެއަށް ވެއްޓިފައި ކަމަށާއި، މި ބޮޑު އެކްސަސައިޒް ވަރަށް އަވަހަށް ފެށޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ވަޒީފާ އާއި ބޯހިޔާވަހިކަމާއި ލިޓްރަސީ ލެވެލް އާއި ހިޖުރަކުރުމުގެ ވައްޓަފާޅި އާއި ތުއްތު ކުދިން މަރުވުން ފަދަ ޑޭޓާތައް އަޕްޑޭޓް ކުރުން ލަސްވުމުގެ ސަބަބުން އޭޝިއާގެ ބޮޑު އިގްތިސާދުގައި އިޖުތިމާއީ އަދި އިގްތިސާދީ ރޭވުމާއި ސިޔާސަތުތައް ކަނޑައެޅުމަށް އަސަރު ކުރެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ފައިނޭންސް އެންޑް ޕޮލިސީގެ ފެލޯ ރަޗްނާ ޝަރުމާ ވިދާޅުވީ، ކޮންޒަމްޕްޝަން އެކްސްޕެންޑިޗާ ސާވޭ އާއި ޕީރިއޮޑިކް ލޭބާ ފޯސް ސާވޭ ފަދަ ދިރާސާތަކަކީ ސެންސަސްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަންދާޒާތަކެއް ކަމަށެވެ.

"އެންމެ ފަހުގެ ސެންސަސް ޑޭޓާ ނެތުމުން އަންދާޒާތައް ބިނާވެފައި ވަނީ އެއް ދިހަ އަހަރު ވެފައިވާ ޑޭޓާގެ މައްޗަށް ކަމަށާއި ހަގީގަތާ ދުރުގައި ހުރި އަންދާޒާތައް ލިބޭނެ ކަމަށް ބެލެވޭ،" ޝަރުމާ ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް އެންމެ ފަހުން ގުނާއިރު، ސަރުކާރުގެ ޚަރަދުތައް ދެނެގަތުމަށް ބޭނުންވާ ޕްރޮޖެކްޝަންތަކާއި އަންދާސީ ހިސާބުތަކަށް ބޭނުންކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެ މިނިސްޓްރީގެ ދައުރަކީ އެންމެ ރަނގަޅު ޕްރޮޖެކްޝަންތައް ފޯރުކޮށްދިނުމުގައި އެކަނި އޮތް ދައުރެއް ކަމަށާއި، ބޯހިމެނުމުގެ މަރުހަލާއާ ބެހޭ ގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!