ޚަބަރު ސިޔާސީ

ބައެއް މީހުންނަށް އަނިޔާވެރިކަން ހަނދާންނެތިއްޖެ: ފައްޔާޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދުގެ ހަގީގަތަކަކީ އަނިޔާވެރިކަން މިއުއްމީދުގެ ހުޅުކޮޅު ނިންވާލުމަށް ފުރުސަތުތަކައް ބަލަބަލާ އޮތްކަން ކަމަށާއި ޕާޓީގެ ތެރެއިން ވެސް ބައެއް ފަރާތްތަކަށް އެއަނިޔާވެރި ހާލަތު ހަނދާން ނެތިފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ކަށަވަރުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެއަނިޔާވެރިކަން ހަނދާން ނެތިފައިވާކަން ގަބޫލު ކުރަން ޖެހޭކަމަށެވެ.

"މިއަދުގެ ހަގީގަތަކަކީ އެއަނިޔާވެރިކަން މިއުއްމީދުގެ ހުޅުކޮޅު ނިންވާލުމަށް ފުރުސަތުތަކައް ބަލަބަލާ އޮތްކަން. މިހަގީގަތް އަޅުގަނޑުގެ ގަބޫލުކުރަން އެބަޖެހޭ އެކަން ދެނެހުރެ އަޅުގަނޑުމެން ތިބެންޖެހޭ ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވެސް އެހާލަތު ހަނދާންނެތި" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ހުރިހާ ބާރެއް ވެރިކަން ކުރާ ފަރާތެއްގެ އަތްމަތީ އޮތް އޮތުން ބަދަލު ކުރަން ދިވެހިން ބޭނުންވުމުން އެކަން ކުރަން ނުކުތް ބަޔަކީ އެމްޑީޕީ ކަމަށާއި އެކަމަށް ނުކުތް އިރުވެސް އެއި ބިރުވެރި ނުރައްކާތެރި ކަމެއްކަން އެނގޭކަމަށެވެ.

"ފުރަތަމަ މިކަމަށް ނުކުތް އިރުވެސް އޭރުގެ އެމްޑީޕީގައި ތިބީ މީހުންނަށް އެނގޭ އެކަމުގައި ހުރި ބުރަތަކާ އެކަމުގައި ހުރި ނުރައްކާތެރި ކަމާއި އެކަމުގައި ހުރި ބިރުވެރިކަމާއި އެކަމުގައި ހުރި އަސަރު. އޭރު ނުކުތް މީހުންނަށް ބޮޑެތި އަނިޔާތައް ތަހަންމަލު ކުރަން ޖެހުނު. ޖިސްމާނީ އަނިޔާއާއި ޖަލުގެ ތޭރިތަކާއި ކުރިމަތިލާން ޖެހުނު މުދާތައް ނިގުޅައިގަނެވުނު އާއިލާތަައް ރޫޅި ބިކަވެގެން ދިޔަ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އަނިޔާވެރިކަމުން ސަލާމަތް ވެވޭނީ އެމްޑީޕީން ވެރިކަމުގައި އޮވެގެންކަމަށާއި އެކަން ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހާއެކު ގޮސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަންވީކަމަށެވެ.

Ads by Allied Insurance
  1. އައުޓް

    ބްރޯ ފައްޔާޒަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާާޅުން ވެސް ބޭރުނުކުރެވުނޭ 4 އަހަރުވީއިރު ވެސް މީ ސީދާ ރައީސް އިބޫގެ ގަމާރު ކަމާއި ބީތާ ކަމުން ނުވެ އޮތް ކަންކަމޭ މުޅި މާލޭގައި ސަލާމް ޖަހަން ޕާރޓޭން ތިބޭ އިރު ވެސް އެކަން ވެސް ހައްލު ނުވެއޭ ރާއްޖޭގެ ނަން އެދަނީ ކިލަނބު ވަމުންނޭ މިވަރުގެ ބޮޑު ގަމާރަކު ހެޔޮނުވާނެއޭ ދެވަނަ ދައުރަށް ރާއްޖޭގެ ވެރިކަމަށް ހޮވަން މިހާރު މިއޮތް ވަޒީރުންގެ މަޖްލީހަކީ އެއީ ވަގުންނާއި އަދި ބަނޑު އަކިރިން ތިބި މަޖްލީހެކޭ ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް ސަރުކާރު އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ އިންޑިއާ އައުޓް ވަގު މޯދީ އައުޓް