ޚަބަރު

ފައްޔާޒްގެ މައްސަލައިން އެނގިގެން ދަނީ އެމްޑީޕީ ތެރޭގައި ބަޣާވާތް އަށަގެންފައިވާ މިންވަރު: ޖަމީލު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައިން އެނގިގެން ދަނީ އެމްޑީޕީ ތެރޭގައި ބަޣާވާތް އަށަގެންފައިވާ މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފައްޔާޒުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީގެ ލީޑާޝިޕް ހިމެނޭ ގޮތަށް މަސައްކަތް ކުރަމުންދާކަން ހާމަ ކުރީ އިއްޔެ އެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަޖިލީސް މެމްބަރުން ފާޅު އަދި ނުނިކުންނަވާއިރު އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ލިބިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.

މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން މެޖޯރިޓީ ހޯދި އަސްލު މަގްސަދު ފަޅާއަރަމުންދާ ކަމަށާއި ވެރިކަމުގެ ތެރެއިން ފެންނަނީ ރައްޔިތުންނަށް ކަމެއް ނުކޮށްދީ، އަމިއްލަ ޖާހަތު ބޮޑުނުވެވިގެން އުޅޭތަން ކަމަށެވެ.

"މިފެންނަނީ ޕާޓީ ތެރޭގައި ބަޣާވާތް އަށަގެންފައިވާ މިންވަރު. ވެރިކަމާ ހަވާލުވެތިބި މީހުން ކުފޫ ހަމަނުވާކަން މިހާމަވަނީ." ޖަމީލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒާ ދެކޮޅަށް މައްސަލައިގައި ސޮއި ކުރެއްވި ފުރަތަމަ ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި މި މައްސަލައިގައި ހުށަހަޅުއްވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!