މިއަހަރުގެ މިހާތަނަށް 267،502 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 267،502 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު 172،499 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިއާ އަދި އިންޑީއާ މާކެޓުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް 29،513 ފަތުރުވެރިއަކު އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. މިއީ މާކެޓުގެ 11.1 އިންސައްތަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ރަޝިއާ މާކެޓުން އައިސްފައިވަނީ 34،128 ފަތުރުވެރިންނެވެ. މިއީ ޖުމްލަ މާކެޓުގެ 12.8 އިންސައްތައެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5815 ފަތުރުވެރިން އާދެއެވެ. މިއަހަރުގެ ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.