"ތިޔަހެން ނުވިއްކޭނެ" ނަމުގައި އިިދިިކޮޅުން ހިނގާލުމެއް ބާއްވަނީ
“ތިޔަހެން ނުވިއްކޭނެ" ނަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ހިނގާލުން ބާއްވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ކަމަށެވެ.
ޤާނޫނާ ޚިލާފަށް ބިން ވިއްކުމާ ދެކޮޅަށް "ތިޔަހެން ނުވިއްކޭނެ" ނަމުގައި ބާއްވާ ބޮޑު ހިނގާލުން އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށް ޕީޕީއެމުން ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ބުނާ މައްސަލާގައެވެ.