ޚަބަރު

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް 3.9 ބިލިއަން ރުފިޔާ ދެނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރު(3.9 ބިލިއަން ރުފިޔާ)ގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވާފައިވަނީ މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ކޮށްފައިވާ ގެއްލުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ބަޖެޓުގެ ދަތިތަކާއި މެދު ދެ މިނިސްޓަރުން ވާހަކަދެއްކެވިއެވެ.

އެގޮތުން ލިކުއިޑިޓީ އާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި އާއި އެކްސްޗޭންޖް ރޭޓަށް އަންނަ ފްލަކްޗުއޭޝަން ކޮންޓްރޯލް ކުރުމަށް ދެވޭ އެހީއެއްގެ ގޮތުން އިންޑިއާ އިން 250 މިލިއަން ޑޮލަރުގެ މާލީ އެހީގެ ޕެކޭޖެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ހާމަކުރެއްވިއެވެ.

މި އެހީގެ ޕެކޭޖް ފޯރު ކޮށްދެވޭނީ ރާއްޖެއަށް އެންމެ ފައިދާ ކުރުވަނިވި ހަމަތަކުގެ މަތިން ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން މީގެ ކުރިންވެސް އިންޑިއާ އިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!