ޚަބަރު އިޖުތިމާޢީ

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ސައުދީ ސަރުކާރުން ދެއްވާ ރަސްމީ 1000 ކޯޓާ މިހާރު ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"ސައުދީ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާ ރަސްމީ 1000 ހައްޖު ކޯޓާ މިހާރު ވަނީ ލިބިފައި. އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް މިގެންދަނީ ކުރަމުން" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ކޮވިޑް-19 ގެ ހާލަތަށް ފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 ކޯޓާ ލިބުނު ފުރަތަމަ ފަހަރެވެ.

ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެ ކަން ސައުދީ ސަރުކާރުން މިއަހަރު ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ ހައްޖުވުމުގެ ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމަވައިފައި ވަނީ ޖުމްލައެއް މިލިއަން މީހުންނަށެވެއޭގެ ތެރެއިން 850،000 ފުރުސަތު ދީފައިޚާއްސަކޮށްފައި ވަނީ ބޭރު ގައުމުތަކުގެމީހުންނަށެވެސައުދީ ރައްޔިތުންނަށް ކަނޑައަޅައިފައި ވަނީ 150،000 ކޯޓާއެވެއަދި ރާއްޖެއަށް ދޫކޮށްފައި ވަނީ، 453 ކޯޓާއެވެ.

ސައުދީ ސަރުކާރުން ބުނީ މި އަހަރު ޙައްޖުގައި ބައިވެރިވުމަށް ވަކި އުމެރެއް ނޯންނާނެކަމަށާއި ކޯވިޑަށްް ޓެސްޓްކޮށް ސާމްޕަލްތައް ހެދުންވެސް ނޯންނާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!