ޚަބަރު ސިޔާސީ

ރާއްޖޭގެ ދަށު ކޯޓުގައި ވަރަށް ބޮޑެތި މައްސަލަ އެބަހުރި: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން، ޤާނޫނީ ފަންނުގެ ފެންވަރަށް ބެލުމެއް ނެތި، ފަނޑިޔާރުން އައްޔަނު ކުރަމުންދަނީ، ވަކި މަޤްސަދެއް ހާސިލު ކުރުމަށް ކަމަށާއި، ރާާއްޖޭގެ ދަށު ކޯޓުގައި ވަރަށް ބޮޑެތި މައްސަލަ އެބަހުރި ކަމަށް ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އެންމެ އިސް ޤާނޫނީ ވަކީލު، ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމް، ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ.

އެގޮތުން ޑރ.ޖަމީލުގެ ވާހަކައިގައި ދަށު ކޯޓުގެ ފަނޑިޔާރުން ޤާނޫނު އެޕްލައި ކުރެއްވުމުގައި ބޮޑެތި ގޯސްތަކެއް ހައްދަވައިފައިވާކަން ފާހަގަކުރެއްވިއެވެ.

ޤާނޫނު އެޕްލައި ކުރުމުގައި ފަނޑިޔާރުންނަށް ބޮޑެތި ގޯސްތަކެއް ހެދޭނީ، ފަނޑިޔާރުންގެ ފެންވަރު ނެތުމުން، ނުވަތަ ރަނގަޅު ތަމްރީނުތަކެއް ލިބިފައި ނެތުމުން ކަމަށް ޖަމީލު ފާހަގަކުރެއްވިއެވެ.

ޖަމީލުގެ ވާހަކައިގައި މިނިވަން ޝަރުއީ ނިޒާމެއް ޤާއިމު ކުރުމުގައި ފަނޑިޔާރުންގެ "ސެލެކްޝަން ޕްރޮސެސް" ރަނގަޅު ކުރުމަކީ ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް އިސްކަންދޭ، މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ވަކި ކަމެއް ހާސިލު ކުރުމަށްޓަކައި، ބޭނުންވާ ވަކި މީހަކު، ޝަރުއީ ނިޒާމަށް އެޕޮއިންޓް ކުރެވިގެން ނުވާނެކަން އދއިންވެސް ބަޔާާން ކޮށްފައިވާ ކަމަށް ޖަމީލުގެ ވާހަަކައިގައި ފާހަގަކުރެއްވިއެވެ. ޖަމީލު ވަނީ، ޖޭއެސްސީން ފަނޑިޔާރުން އިޙްތިޔާރު ކުރަނީ، ވަކި ކަމެއް ހާސިލު ކޮށްދޭނެ ބަޔަކު އައްޔަނު ކުރަން އިސްކަންދީގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ތިމަންނަމެން ބޭނުންވާ ޖޮބް އަދާ ކޮށްދެ މީހާ މި އައްޔަނު ކުރަނީ. އެހެންވީމަ، މި ހުރިހާ މަސައްކަތެއް ކުރާއިރު، ވަރަށް ބޮޑު ގޮންޖެހުމެއް، ދަށު ކޯޓަށް ދާއިރު، ދަށު ކޯޓުގެ ފަނޑިޔާރުން ގޯސް ހެދުން. ގޯސް ހަދަނީ، މި ދެންނެވިހެން، އެއް ކަމަކަށް ހަމަ ފެންވަރުގެ މައްސަލަ ހުރީ. ދަށު ކޯޓުގައި ހަމަ ވަރަަށް ބޮޑެތި މައްސަލަ އެބަހުރި."

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

 

ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމް އިސްތިއުނާފު ކުރިއިރު، އަންނަ މާޗު މަހު އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ޑރ.ޖަމީލު މީގެ ކުރިން ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޑރ.ޖަމީލު މީގެ ކުރިން ވިދާޅުވީ އިސްތިއުނާފު މަރުހަލާގެ ޝަރީޢަތާއި، ދަށު ކޯޓު މަރުހަލާގެ ޝަރީޢަތް މުޅިން ތަފާތުވާނެ ކަމަށެވެ.

އިސްތިއުނާފު މަރުހަލާގެ ޝަރީޢަތްތައް ކުރިއަށްގެންދާނީ ވަރަށް ހަލުވި ކޮށްކަން ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

 

Ads by HDC
  1. ސޭކު

    އެންމެބޮޑެތި މައްސަލަހުރީ ވެރިކަންގެއްލުމުން އެކަން އަލުން ނުލިބިގެން އުޅޭ ތިޔާކަހަލް މެންޓަލް ފަރުވާ ބޭނުންވެފަ ތިބި މީހުންގެ. ރިހެބިލިޓޭޝަން ބޭނުންވޭ މިކަހަލަ މިހުނަށް.