މެދުއިރުމަތި ދުނިޔެ

އިސްރާއީލުން ޢައްޒާއަށް ހަމަލާދެނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

އިސްރާއީލުން ޣައްޒާ ސިޓީގެ އުތުރުން ވައިގެ ހަމަލާތައް ދޭން ފަށާފައި މިވަނީ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ނަބްލޫސް އަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލުމާ ގުޅިގެން ފަލަސްތީނުން ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް ބުނެއެވެ އެހެންނަމަވެސް ޣައްޒާއިން ފޮނުވާލި ރޮކެޓްތަކުގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

އިސްރާއީލުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު އުތުރުން ހަމާސްގެ އަސްކަރީ ހަތިޔާރު ކަމަށްވާ އަލްކަސާމް ބްރިގޭޑްސްއަށް ނިސްބަތްވާ އަސްކަރީ ސައިޓަކަށް ކަމަށްވަނީ މައުލޫމާތުލިބެއެވެ. ބޮމުގެ ހަމަލާގައި އެ ސަރަހައްދާއި ވަށައިގެންވާ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިސްރާއީލުގެ މަތިންދާބޯޓުތައް ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ އަސްކަރީ ސައިޓަކަށް ވެސް ހަމަލާދީފައެވެ.

ހަމާސްގެ ތަރުޖަމާނު ހަޒީމް ޤާސިމް އަލްޖަޒީރާއަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް އަބަދުވެސް އޮންނާނީ އެގައުމުގެ ރައްޔިތުންގެ ދިފާއުގައި ކަމަށާއި ހުޅަނގު އައްސޭރީގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ހުރިހާ ތަފްސީލެއް އެ ޖަމާއަތުން ދަނީ މޮނިޓާ ކުރަމުންނެވެ.

މިހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިވާކަމަށް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!