ޚަބަރު ސިޔާސީ

ރިޒާ އަކީ ރާއްޖެ ސިޔާސީ ޕާޓީގެ ނިޒާަމަށް ބަދަލު ކުރުމުގެ ހިއްސާދާރެއް: ރައީީސް ނަޝީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރޭގެ ވަގުތެއްގައި އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހީމް ރިޒާއަކީ ރާއްޖެ ސިޔާސީ ޕާޓީގެ ނިޒާމަށް ބަދަލުކުރުގެ ހިއްސާދާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ރިޒާ އަވަހާރަވީ، ރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޒާއަކީ ރައްޔިތުން މަޖިލިސްގެ މެމްބަރުކަން ތިން ދައުރެއްގައި ކުރެއްވި ރާއްޖޭގެ ސިޔާސީ ހަޔާތުގެ ނުހަނު ބޮޑުބައިވެރިއެއް ކަމަށެވެ. އަދި ރާއްޖެ ސިޔާސީ ޕާޓީގެ ނިޒާމަށް ބަދަލުކުރުމުގެ ހިއްސާދާރެއް ކަމަށެވެ.

" މާތް ﷲ މަރުހޫމް އަށް ސުވަރުގެ މިންވަރުކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން." ރައީީސް ނަޝީދު ވިދާޅުވިއެވެ.

ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. މިއީ ޕީޕީއެމަށް ލިބުނު ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!