ދުނިޔެ

ޑެއްލީގެ އައު މޭޔަރަކަށް ޝެލީ އޮބެރޯއީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެމަސްދުވަސް ވަންދެން ކުރިއަށްދިޔަ ސިޔާސީ ހިފައި އޮޅުލުންތަކަށްފަހު، އަދި ފެއިލްވި ތިން އިންތިޚާބަކަށްފަހު އެންމެ ފަހުން ބުދަ ދުވަހު ވަނީ އިންޑިޔާގެ ޑެލްހީގެ މޭޔަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބް ކުރެވިފައެވެ. އެބޭފުޅަކީ އާމް އާދަމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝެލީ އޮބެރޯއީއެވެ.

Ads by Sosun Fihaara

މުނިސިޕަލް ކޯޕޮރޭޝަން އޮފް ޑެލްހީ(އެމްސީޑީ)ން ތިން ފަހަރެއްގެ މަތިން މޭޔަރަކު ހޮވުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ބީޖޭޕީ ކައުންސިލަރުންނާއެކު އާމް އާދަމީ ޕާޓީގެ ކައުސިލަރުން އެއްބަސްވުމަކަށް ނާދެވިގެން އެކަން ވާގޮތް އޮތީ ނުވެފައެވެ. އެންމެފަހުން މައްސަލަ ހައްލުވީ ސުޕްރީމްކޯޓުން މައްސަލައިގެ ތެރެއަށް ވަދެގެންނެވެ.

ޝެލީ އޮބެރޯއީއަކީ ކޮން ބޭފުޅެއް؟

ޑެލްހީގެ އައު މޭޔަރަށް ވެވަޑައިގެންނެވި، އުމުރުފުޅުން 39 އަހަރުގެ ކައުންސެލަރ ޝެލީ އޮބެރޯއީ ކުރިން މަސައްކަތްކުރެއްވީ ޔުނިވަރސިޓީ އޮފް ޑެލްހީގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގައެވެ. އެތަކެއް ކޮންފަރެންސްތަކެއްގައި ގިނަ އެވޯޑްތަކެއްވެސް ލިބިވަޑައިގެންފައިވާ ޝެލީ އޮބެރޯއީއަކީ އިންޑިއަން ކޮމަރސް އެސޯސިއޭޝަންގެ ލައިފްޓައިމް މެމްބަރެއްވެސް މެއެވެ.

ޝެލީ އޮބެރޯއީ އޭނާގެ ޕީއެޗްޑީ ހައްދަވާފައިވަނީ އިންޑިރާ ގާންދީ ނެޝަނަލް އޯޕަން ޔުނިވަރސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް ސްޓަޑީޒްއިންނެވެ. ޔުނިވަރސިޓީން އެންމެ މަތީ ގްރޭޑް ޕޮއިންޓް ލިބުމާ ގުޅިގެން އޭނާއަށް ވަނީ ސްކޮލަރޝިޕަކާއެކު މިސް ކަމަލާ ރާނީ ޕްރައިޒްވެސް ލިބިވަޑައިގެންފައެވެ.

ޝެލީ، އާމް އާދަމީ ޕާޓީއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުއެވެ. އެއާއެކު އެޕާޓީގެ ޑެލްހީ ގޮފީގެ އަންހެނުންގެ ނާއިބްރައީސް ކަމަށް އިންތިޚާބް ކުރެވުނެވެ.

ޑެލްހީގެ މޭޔަރު ކަމަށް ވަޑައިގެންނެވުމާއެކު ޑެޕިއުޓީ ޗީފް މިނިސްޓަރާއި އެހެނިހެން އިސް ފަރާތްތަކުން ގެންދަވަނީ ޝެލީ އޮބެރޯއީއަށް މަރުހަބާ ދަންނަވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!