ޔުވެންޓަސް އިން ރޮނާލްޑޯ ބާސާއަށް ވިއްކާލަނީތަ؟

ޔުވެންޓަސް އިން ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބާސެލޯނާއަށް ވިއްކާލަން އުޅޭ ކަމަށް ބޭރުގެ ބައެއްމީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
އެގޮތުން ދުނިޔޭގެ ކުޅިވަރު ހަބަރުތައްް ގެނެސްދޭ އެންމެ ބޮޑު އެއް މީޑިއާ “ގޯލް.ކޮމް” އިން ބުނެފައިވަނީ ޔުވެންޓަސް އިން ރޮނާލްޑޯ ވިއްކާލުމަށް ނިންމާފައިވަނީ މާލީ ގޮތުން އެޓީމަށް ދިމާވެފައިވާ ދަތި ތަކެއްގެ ސަބަބުން ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ޔުވެންޓަސްއަށް ވަނީ މާލީ ގޮތުން ދަތިތަކާއި ކުރިމަތިވެފައި ކަމަށާއި އަދި އެހެން ކަމުން ރޮނާލްޑޯއާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާކަމަށް މީޑިއާތައް ރިޕޯޓް ކުރެއެވެ.
މި ނިންމުން ނިންމުމަށްފަހު ޔުވެންޓަސްއިން ވަނީ ބާސެލޯނާއަށް ރޮނާލްޑޯ ގަތުމަށް އެދި ހުށަހަޅާފައި ކަމަށްވެސް މައުލޫމާތު ލިބެއެެވެ.
ރޮނާލްޑޯ ވަނީ މިސީޒަނުގައި ޔުވެންޓަސްގައި ތަފާތު މޮޅު ކުޅުމެއް ދައްކައި އެޓީމުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރިކޯޑްމުގުރާލާފައެވެ.