ކުޅިވަރު ފުޓްބޯޅަ

ރޮނާލްޑޯގެ އަސަރުގަދަ މެސެޖާއެކު ގިނަ ބަޔަކު ރޮއްވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޮރޮކޯ އަތުން ޕޯޗުގަލް ވޯލްޑް ކަޕުން ބަލިވި ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފަހަރަށް އޭނާގެ އިހުސާސްތައް އާންމުންނާ ހިއްސާކޮށްފިއެވެ.

Ads by Hajj Corporation

މޮރޮކޯ ޕޯޗުގަލް އަތުން 1-0 އިން މޮޅުވުމާއެކު އެ ގައުމު ވެފައިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ. ގަދަ ހަތަރެއްގައި އެ ޓީމު ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.

ރޮނާލްޑޯ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޯޗުގަލް އަށް ވޯލްޑް ކަޕެއް ހޯދައިދިނުމަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ އުންމީދީ ހުވަފެން ކަމަށެވެ.

"ޕޯޗުގަލް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ ޑައިމެންޝަންގެ ގިނަ ތަށިތަކެއް އަހަރެން ހޯދިން، އެކަމަކު ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގަ ތައްޓެއް ހޯދައިދިނުމަކީ އަހަރެންގެ އެންމެ ބޮޑު ހުވަފެން” ރޮނާލްޑޯ ބުންޏެވެ.

އެ އުއްމީދަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި މިދިޔަ 16 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕްގައި އޭނާ ކުޅުނު ފަސް މެޗުގައިވެސް ގޯލު ޖަހާފައިވާ ކަމަށް ރޮނާލްޑޯ ބުންޏެވެ. މޮޅު ކުޅުންތެރިންނާއި އެތައް މިލިއަން ބައެއްގެ އެހީތެރިކަމާއެކު، އޭނާގެ ހުރިހާ އެއްޗެއް ދިފައިވާ ކަމަށްވެސް ބުންޏެވެ.

"ހިތާމައަކީ އެ ހުވަފެން ނިމުމަކަށް އައުން. ވަރަށް ގިނަ ދޮގު ވާހަަކަތައް އެބަ ފެތުރޭ. އެކަމަކު ޕޯޗުގަލަށް އަހަރެން ކުރާ މަސައްކަތަށް އެންމެ ހިނދުކޮޅަކަށްވެސް ބަދަލެއް ނާންނާނެ. އަހަންނަކީ އެންމެންގެ ހައްގުގައި ހަނގުރާމަކުރާ މީހެއް، އެކުވެރިންނަށާއި، ޤައުމަށް ދުވަހަކުވެސް ފުރަގަސް ނުދޭނަން” ރޮނާލްޑޯ ބުންޏެވެ.

Ads by Ooredoo
  1. ނާލްޑޯ

    ތީ ދެން މީހަކު ރޯވަރުގެ މެސެޖެއްތަ! ތިކަންތައް ހިތައް އަރާފަ ރޯންވެސް ހުރީ އޭނަ. އަދި ރޮމުން ދަނޑުން ފޭބީވެސް އޭނަ..އަހރެންގާތަށް އަންނަނީ ހިނި..

  2. ނާޑުވާ

    ތިވަރުގެ މޮޔަކަމެއް އަދި ވޯލްޑުކަޕުގާ ނުފެނޭ، ތިޑޮނާޑޯއަކާހުރެ ހޭބަލިވާކަށް ނުޖެހޭތާ، މީހަކަށް ރޮވޭވަރުގެ އެއްޗެއް ބުނި ނަމަތާ ރޯންނީވެސް،
    އެންމެންގެ މަތީން ތިޑޮނާޑޯއެއް ދަޑުގާ ފެންބޮޑުވާވަރަށް ރޮއިފަ ނުކުތީވެސް.