ޚަބަރު އިޖުތިމާޢީ

ހައްޖު ކޯޓާ 2500އަށް އިތުރު ކޮށްދިނުމަށް އެދިވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސައުދީއަރަބިއާގެ ސަރުކާރުން، ރާއްޖެއަށް ދޭ ހައްޖު ކޯޓާ، 2500އަށް އިތުރު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން، އެ ޤައުމުގެ ސަރުކާރުގައި އެދިއްޖެއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓަރު ޑރ.އަޙުމަދު ޒާހިރު އަލީ ޕީއެސްއެމްއަށް ވިދާޅުވީ ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން، މިހާރު އެދިފައިވާ ކަމަށެވެ. އަދި އެ އަދަދަށް ކޯޓާ ހަމަޖެހޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސައުދީން މި އަހަރު ރާއްޖެއަށް 1000 ހައްޖު ކޯޓާ ހަމަޖައްސާފައިވާއިރު، މީގެ ކުރިން ވެސް އެ ޤައުމުން ވަނީ ރާއްޖެއަށް ކޯޓާ އިތުރު ކޮށްދީފައެވެ.

މިހާރު ލިބިފައިވާ ކޯޓާގެ ދަށުން މީހުން ހައްޖަަށް ގެންދިއުމަށް ސަރުކާރުން މި އަހަރު ވަނީ ގްރޫޕްތަކަށް ފުރުސަތު ދީ، ޕްރޮފޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

މިގޮތުން، ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް އޮންނާނެއެވެ. އަދި އޭގައި ބައިވެރިވާން މި މަހުގެ ތެރޭގައި ކުރިން 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވަނީ ޕްރޮޕޯސަލް ހުށަހެޅޭނީ، ދިވެހިރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައިވާ ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ދިވެހިރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަކަށް ކަމަށާއި ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. ހައްޖު ކޯޕަފޭޝަނަށް ދިނީ 453 ކޯޓާއެވެ.

Ads by Allied Insurance
  1. އަދާލަތު ޕާޓީ އެމްޑީޕީ ސަރުކާރުތެރޭގައި އޮވެ ދީނީ ކަންކަމުގައި ދޫ ދެމުންގޮސް ދިވެހިރާއްޖެ އަންދަލުސް އަށް ވީގޮތަށް ވަނީބާ ! މުޅި ޤައުމުން ފެންނަނީ ދީނާއި ދުރު ބީރައްޓެހި ކަންކަން !