ޚަބަރު ސަރުކާރު

ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ މަތީތަޢުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއިއެކު، ލެކްޗަރައިންނަށް ދެވޭ މުސާރަ ގާތްގަޑަކަށް %59 އިންސައްތަ ބޮޑުވާނެ ކަމަށެވެ.

އަދި މާރިޗު 1 ވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާ އެކު މިހާރު ޔުނިވާސިޓީ ލެކްޗަރަރ އިންގެ މުސާރަ %59 ބޮޑުކުރެވިފައިވާ ކަމަށާއި މުސާރައިގެ މިބަދަލު 767 މުވައްޒަފަކަށް އަންނާނެ ކަމަށާއި އަހަރަކު 62 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރެވޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން މިގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ ޔުނިވަރސިޓީތަކުންނާއި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކުން ފެނިގެންދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!