އުރީދޫ "ސައިބާ ރައްކާ" ސެޝަންތައް ފަށަނީ

ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު އިންޓަނެޓު ބޭނުން ކުރުމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ސައިބާ ރައްކާ" ގެ މި އަހަރުގެ ފުރަތަމަ ސެޝަން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ސައިބާ ރައްކާ ޕްރޮގުރަމަކީ 2021، އިން ފެށިގެން ވިމެން އިން ޓެކް އާ ގުޅިގެން އުރީދޫން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
އެ ޕްރޮގުރާމު ކުރިއަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 10:30 އަށް ހ. ސަންލީޓު، އެއްވަނަ ފަންގިފިލާގަ އެވެ. ސަންލީޓަކީ ސަލްމާން މިސްކިތުގެ ކުރިމަތިން، އެސްބީއައި ހިންގަމުން އަންނަ އިމާރާތެވެ.
އުރީދޫއިން ވަނީ އެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ހުރިހާ އެންމެނަށް ވެސް އެ ފުރުސަތު ހުޅުވާލާފަ އެވެ.
މި އަހަރުގެ ފުރަތަމަ ސެޝަންގައި ކިޔަވައިދޭނީ:
- ރައްކާތެރިކަމާ އެކު އިންޓަނެޓު ބޭނުން ކުރާނެ ގޮތް
- ތިމާގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރާނެ ގޮތް
- ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން
- ފައިނޭންޝަލް އެކައުންޓުތައް ގަވާއިދުން ބެލެހެއްޓުމުގެ މުހިންމުކަން
- އެންމެ ރައްކާތެރި ޕާސްވޯޑެއް އުފައްދާނެ ގޮތް
- ފިޝިން ޕޭޖުތަކާއި އެފަދަ ސްކޭމްތައް ދެނެގަންނާނެ ގޮތް
މިދިޔަ އަހަރު ވެސް އުރީދޫއިން ވަނީ ސައިބާ ރައްކާގެ ސެޝަންތައް ރާއްޖޭގެ އެކިކަންކޮޅުގައި ކުރިއަށް ގެންގޮސްފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއެސްއާރުގެ ދަށުން މިފަދަ ތަފާތު އެކި ޕްރޮގުރާމުތައް ކޮންމެ އަހަރަކު ވެސް ހިންގަމުން ދެއެވެ.