ވިޔަފާރި

އުރީދޫގެ މޫލީ މެދުވެރިކޮށް "ސްވީޓް ސަޕަރައިޒް" ފޮނުވުމުގެ ފުރުސަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫގެ އޮންލައިން ޝޮޕް މޫލީ މެދުވެރިކޮށް ބޭނުން މީހަކަށް ހަދިޔާ ފޮނުވޭ "ސްވީޓް ސަޕްރައިޒް" ޕްރޮމޯޝަން ފަށައިފި އެވެ.

Ads by STELCO

އެ ޕްރޮމޯޝަނުގައި ހިމެނޭ ހާއްސަ ހަދިޔާތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ފޮނުވޭނެ އެވެ. ޕްރޮމޯޝަނުގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑުތަކާއި ކެކްޓަސްގެ މާބޮނޑި އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސް އަދި ސްޕޭސްގެ ބްރައުނީ ހިމެނެ އެވެ.

"ސްވީޓް ސަޕްރައިޒް"ގެ ދަށުން ހަދިޔާ ފޮނުވަން މޫލީ އޮންލައިން ޝޮޕަށް ވަނުމަށް ފަހު "ސްވީޓް ސަޕްރައިޒް" ކެޓަގަރީ ހިޔާރުކުރުމަށް ފަހު، އެ ކެޓަގަރީން ފޮނުވަން ބޭނުންވާ ހަދިޔާތައް ހިޔާރުކޮށް ކާޓަށް ލުމަށް ފަހު، ކާޓުން ޗެކްއައުޓްކޮށް ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖެހުމުން އެ ހަދިޔާ އެ ފަރާތަކަށް ޑެލިވާ ކޮށްދޭނެ އެވެ. އޯޑަރު ކޮންފާމްކޮށް ޑެލިވާ ކުރާނީ ފައިސާ ދެއްކުމުންނެވެ.

"ސްވީޓް ސަޕްރައިޒް" ޕްރޮމޯޝަން ކުރިއަށް ދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.

މޫލީއިން ގަންނަ ހުރިހާ އައިޓަމްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޑެލިވާކޮށްދޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!