ވިޔަފާރި

އުރީދޫގެ ހިއްސާއަކަސް 3.04 ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް މި އަހަރު 3.04 ރުފިޔާ ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

Ads by STELCO

އުރީދޫއިން ބުނީ މިދިޔަ ހަފުތާގައި ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި، މިދިޔަ އަހަރު ކުންފުނީގެ މާލީ ހިސާބުތައް ފާސްކޮށް، ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ފާސްކޮށްފައިވާ ކަމަށެވެ.

ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 16 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވާ މީހުންނަށް ކަމަށް ވެސް އުރިދޫ އިން މައުލޫމާތުދެ އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ނިންމި ނަމަވެސް, އަދި ވަކި ތާރީހެއް އެ ކުންފުނިން އިއުލާނެއް ނުކުރެ އެވެ. ކުންފުނީގެ މާލީ ހިސާބުތައް އަންނަ އަންގާރަ ދުވަހުގެ ކުރިން އުރީދޫގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.

މިދިޔަ އަހަރު ބޭއްވި އުރީދޫގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ޖެހުނީ ހިއްސާއަކަށް 2.70 ރުފިޔާ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!