ޚަބަރު ސަރުކާރު

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީވެސް އުމަރު ޒާހިރު އޮފީސް އިމާރާަތަށް ބަދަލުކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެމުން އަންނަ ހުރިހައި ޚދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި 'އުމަރު ޒާހިރު އޮފީސް ބިލްޑިންގް'އަށް ބަދަލުކޮށްފިއެވެ.

Ads by STELCO

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ކުރެއްވި އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީ ހިންގަމުން ގެންދާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.

އަދި މިނިސްޓްރީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ހަޔަރ އެޑިއުކޭޝަން ކައުންޓަރުން ލިބޭނެ ކަމަށް ވެސް އިޢުލާނުގައި ވެއެވެ.

މި އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީއެވެ.

އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވެސް އެ އިމާރާތަށް ވަނީ ބަދަލު ކޮށްފައެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީވެސް އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާއިރު، މި އިމާރާތަކީ ސަރުކާރު އޮފީސްތަކުގެ ކުއްޔަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 185 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ އޮފީސް އިމާރާތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!