ދުނިޔެ

ޗައިނާގެ އަސްކަރީ ބަޖެޓް ބޮޑުކުރުމުން ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރު ޗައިނާގެ އަސްކަރީ ބަޖެޓް ހަތް ޕަސެންޓު ބޮޑުކުރަން ނިންމައިފި އެވެ. އެކަން އިއުލާން ކުރީ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ނުވަތަ ޕާލަމެންޓް ސެޝަނެއްގަ އެވެ.

Ads by Sosun Fihaara

ޗައިނާގެ އަސްކަރީ ބަޖެޓަކީ 225 ބިލިއަން ޑޮލަރެވެ. އެމެރިކާގެ އަސްކަރީ ބަޖެޓް އޭގެ ހަތަރު ގުނަ އިތުރެވެ. އެކަމަކު އެނެލިސްޓުން ދެކޭ ގޮތުގައި ޗައިނާއިން ހަގީގީ އަދަދު ހާމައެއް ނުކުރެ އެވެ.

އެންޕީސީ ސެޝަނުގައި ޕްރިމިއާ ލީ ކެގިއާންގް ވިދާޅުވީ "ޗައިނާ ހިފަހައްޓައި، ފަހަތަށް ވައްޓާލުމަށް ބޭރުން ކުރާ މަސައްކަތްތައް އިތުރުވަމުންދާ" ކަމަށެވެ.

"އަސްކަރީ ފައުޖުތަކުން ތަމްރީން ވަރުގަދަކޮށް، ތައްޔާރީ ހާލަތުގައި ތިބުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރު ޗައިނާގެ އިގުތިސާދީ ކުރިއެރުމަށް ކަނޑައަޅާ ޓާގެޓް ފަސް ޕަސެންޓަށް ކުޑަކުރަން ނިންމައި އެންޕީސީ ސެޝަނުގައި އިއުލާން ކުރި އެވެ.

އެންޕީސީ ސެޝަނުގެ ކުރިއަށް އޮތް ބައްދަލުވުމެއްގެ ތެރެއިން ތިން ވަނަ ދައުރަކަށް ރައީސް ޝީ ޖިންޕިން ދެމިހުންނަވާނެކަން ވެސް އިއުލާން ކުރާނެ އެވެ.

ޝީއަށް ތިން ވަނަ ދައުރެއް ކަށަވަރުވީ މިދިޔަ އޮކްޓޯބަރު މަހު ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ނެގި ވޯޓުން ރައީސް ކަމަށް އިންތިހާބުވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!