ހިންމަފުއްޓަށް ފޮނުވި އާ ޖަނަރޭޓަރުސެޓުން ކަރަންޓުދޭން ފަށައިފި

ކ. ހިންމަފުށީގައި އާ ޖަނަރޭޓަރުސެޓުން ކަރަންޓު ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެރަށުގައި ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ކ.ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިހާރު ވަނީ 800kW ގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އަދި މި ޖަނަރޭޓަރުސެޓާއެކު، ހިންމަފުށީގެ ކެޕޭސިޓީ 1450kW އިން 2050kW އަށް އިތުރުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.