ޚަބަރު ސަރުކާރު

ހިދުމަތް ފެށުމަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވިލިމާލޭގައި މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ބަގީގެ ހިދުމަތް ދޭން ފެށުމަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފިއެވެ.

Ads by STELCO

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަގީތައް މިހާރު ގެންގޮސްފައިވާކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހުގެ 16 ގައި ފަށާނެ ކަމަށާއި، ރޯދަ މަހުން ފެށިގެން ފިތުރު އީދު ނިމެންދެން ބަގީގެ އާންމު ދަތުރުތައް ހިލޭ ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ބަގީތަކަށް ރުފިޔާ ނެގުމަށް ހަމަޖެހިފައިކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމަށް އިލެކްޓްރިކް 10 ބަގީ ވަނީ ގެނެސްފައެވެ. ރޫޓިން ދަތުރެއްގެ ފީ އަކީ އެންމެ ދެ ރުފިޔާއެވެ. އަދި ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ބަގީތަކަށް 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ، 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!