ޚަބަރު

ޖޭޕީގެ ޖަލްސާގައި ބައިވެރިވުމަށް އެމްއާރްއެމް އާއި އަދާލަތަށް ދައުވަތު ދީފި

ދެން އެމްވީ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި އަދާލަތު ޕާޓީ (އޭޕީ)އަށް ދައުވަތު އަރުވައިފި އެވެ.

Ads by STELCO

"ދީނާއި ގައުމުގެ ދިފާއުގައި"ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަލްސާއަށް ކާނިވާ ސަރަހައްދު ހޯދުމަށްޓަކައި އެޕާޓީން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ.

ކުނޫޒުގައި ޖޭޕީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ހަމަމިންވަރާއި ދޭންޖެހޭ މިންވަރު ރަނުންރަނަށް ދޭނެ ހަމައެކަނި ޕާޓީ އަކީ ޖުމްހޫރީ ޕާޓީކަމަށެވެ. އެހެން ކަމުން ޖޭޕީގެ ބައްދަލުވުމުގައި ބައިވެރި ވުމުގެ ހާއްސަ ދައުވަތު އެމްއާރްއެމް އަށާއި އޭޕީ އަށް ދޭކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ޖޭޕީގެ މިޖަލްސާގައި ދީނަށް ލޯބި ކުރައްވާ ބޭފުޅުން ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއްކަމަށެވެ. އަދި ޖޭޕީ އޮންނާނީ ދީނާއި ގައުމުގެ ދިފާއުގައި ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކްރަޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، ދިވެހި ރައްޔިތުން އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެއްވާފައިވާކަމަށާއި، އެ ފުރުސަތު ލިބެނީ ޤާސިމް އެތައް ހޭދައެއް ކުރައްވައިގެން ކަމަށެވެ. އަދި މިއީ ގާސިމް ޓެސްޓް ކުރުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވި އެވެ. އަލީ އާރިފް ވިދާޅުވީ ޖާނާއި މާލުން ގުރުބާންވާ ހަމައެކަނި ފަރާތަކީ ގާސިމް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!