ޚަބަރު ދުނިޔެ

އިންޑިއާގައި ގެރި މަސް ގެންގުޅުނު މީހަކު މަރައިލި މައްސަލައެއްގައި ތިން މީހަކު ހައްޔަރަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
OLYMPUS DIGITAL CAMERA

އިންޑިއާގެ ބިހާރު ސްޓޭޓުގައި ގެރިމަސް ގެންގުޅުނު މުސްލިމަކު މަރާލައިފިއެވެ.

Ads by STELCO
Ads by Sosun Fihaara

ގެރި އަކީ އިންޑިއާގެ ގިނަ މީހުން މާތްކަމަށް ދެކޭ އެއްޗެކެވެ. އެ ޤައުމުގައި ގެރިއަށް އަޅުކަން ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިހެންވެ، އިންޑިއާގެ ބައެއް ހިސާބުތަކުގައި ގެރިމަސް ވިއްކައި، ކެއުމަކީ ކުށެކެވެ.

ބިހާރުގައި، ގެރި މަސް ގެންގުޅުމުން މަރާލާފައި ވަނީ، އުމުރުން 56 އަހަރުގެ ނަސީމް ޤުރޭޝީ ކިޔާ މީހެކެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަސީމް މަރާލީ، ވިއްސަކަށް މީހުން، އޭނާ ވަށައިލާ، ހަމަލާ ދިނުމަށް ފަހުގައެވެ. ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން އޭނާ ވަނީ މަރުވެފައެވެ.

އިންޑިއާގައި ގެރި މަސް ކާ މީހުންނަށް މީގެ ކުރިންވެސް ހަމަލާ ދިނުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ. އެ ޤައުމުގައި ގެރި ކަތިލުން މުޅިން މަނާ ކުރުމަށް ހިންދޫ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން އަންނަނީ ގޮވައިލަމުންނެވެ.

 

Ads by HDC
  1. ކޮންސާންޑް ސިޓިޒަން

    ހުރިހާ ގެރިތައް މަރާލާ.