ޚަބަރު

އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަލިފާންރޯވެ، އަޑިއަށްދިޔަ "އާގަލާ" ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓާލައިފިއެވެ.

Ads by Sosun Fihaara

އާގަލާ ބޯޓުން ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ 72 ގަޑިއިރުގެ ސަރޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2،164 ސްކެއާ މީޓަރުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.

މ.ތުވަރުގެ ހުޅަނގުން ދަތުރުކުރަމުންދަނިކޮށް އާގަލާ ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ބޯޓްގައި އަލިފާން ރޯވުމާއި އެކު އޭގައި ތިބި އެންމެން ވަނީ ކަނޑަށް ފުންމާލާފައެވެ.

އެ ބޯޓްގައި އެވަގުތު 15 މީހުން ތިބިކަމަށާއި އެގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި އިންޑިއާ 5 މީހަކާއި ބަންގްލަދޭޝްގެ 5 މީހުންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެކަކު ގެއްލިގެން ހޯދަން ފެށިއެވެ. ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!