އޭޕްރީލް މަހުން ފެށިގެން ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ އެންމެ ތިރިން، ޑޯ ސްޓެޕަށް ޕްރިމިއަމް ޚިދުމަތެއް ތައާރަފް ކުރަނީީ

މި އަންނަ އޭޕްރީލް މަހުން ފެށިގެން މާލޭގައި ކުނި ނަގަމުން އަންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިމާރާތުގެ އެންމެ ތިރިން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ވެމްކޯއާއި ސްޓެލްކޯގެ ބިލް އެއްކޮށްލާ އެ ކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތައް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"އަޅުގަނޑުމެން މިހާރު ވެއްޖިއްޔާ ޑޯ ސްޓެޕް ޚިދުމަތެއް މިދެނީ. އެހެންނަމަވެސް މި ބަދަލާ ގުޅިގެން އަޅުގަނޑުމެން ޚިދުމަތް ދޭން ފަށާނީ ބިލްޑިން ތިރިން. ބިލްޑިން ތިރިން އެ ބިލްޑިންގެ ކުނި ކަލެޓްކޮށްގެން ކުރިޔަށް ގެންދާނީ" ސިރާޖް ވިދާޅުވީ، ވަކިން އަގުތަކެއް ކަނޑައަޅައިގެން ޑޯޓުޑޯ ކުނި ނަގަން ޕެކޭޖްތަކެއް އެކުންފުނިން ކުރިޔަށް އޮތް ތާންގައި ތައާރަފް ކުރާނެ ކަމަށެވެ.
އޭޕްރިލް މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމެނިގެންދާއިރު، ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގޭބީސީއަކަށްވެސް ކުނި ބިލް ފޮނުވިގެންދާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. އެއީ 50،000 އަށްވުރެ ގިނަ ގޭބީސީއެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެކެވެ.
"މާލޭގައި އުފެދޭ ހުރިހާ ކުންޏެއް ވެމްކޯއިން ނަގަމުންދިޔައީ. މި ބަދަލާ ގުޅިގެން ގާތްގަނޑަކަށް 50،000 ގޭބީސީއަށް ޚިދުމަތްދޭން އަޅުގަނޑުމެންގެ މޭންޕަވަރ އިތުރުކުރަންޖެހޭ. އެކަމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވެހިކަލް ފްލީޓަށް އިތުރު ވެހިކަލް އެބަ ބޭނުންވޭ. އެމަސައްކަތްވެސް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ." ސިރާޖު ވިދާޅުވިއެވެ.
ެަބަލަ ކަލޭމެނަށް ތިކަން ނުވީމާ ދެން ރައްޔިތުން އަމިއްލަޔަށް ތިކަން ކޮށްފާނެތާ އެމީހުން ކުރިންވެސް ތިޔަކުނި އުކަމުން ދިޔަގޮތަކަށް ސަރުކާރު ހިންގާ މީހުން މޮޅުގޮތްގިތަށް ރައްޔިތުން ފޭލާލަން ކުރާކަންކަން ތިޔަ ވެމްކޯއަކީ !