ޚަބަރު ސިޔާސީ

ނާޒިމްގެ ބޯހިޔާވަހި ކަމުގެ ވައުދު: ކޮންމެ އާއިލާއަކަށް 1200 އަކަފޫޓު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެ ކަން އިއުލާނުކުރައްވާ ކެމްޕޭނު ކުރައްވަމުން ގެންދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ކޮންމެ އާއިލާއަކަށް 1200 އަކަ ފޫޓުގެ ބިމެއް ނުވަތަ ފުލެޓެއް ދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ނުއިވޭ އަޑުތަކޭ؟" ނަމުގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ  އުފާވެރި އާއިލާއެއް ބިނާކުރުމަށް އެންްމެ އަސާސީ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގައި އާއިލާއަކަށް 1،200 އަކަފުޓުގެ ބިމެއް ނުވަތަ އެޕަޓްމެންޓެއް ލިބޭނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކަން ކުރެވޭތަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ އެމްއެންޕީގެ ސަރުކާރެއްގައި އެޕާޓްމެންޓް ބަދަލުކުރެވޭ ގޮތަށް ހަދައިދިނުމަކީ ގެންގުޅޭ ސިޔާސަތެއްކަން ފާހަގަކުރައްވާ އަލަތު ކައިވެންޏަށް ފަހު އެ އާއިލާ ބޮޑުވުމުން އެ އުލުނު އެޕާޓްމަންޓް ދޫކޮށްލާފައި އެހެން ތަނަކަށް ބަދަލުވެވޭނެ ސިޔާސަތެއް ގާއިމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން ނާޒިމް އިއުލާނުކޮށް ކެމްޕޭން ފަށާފައިވާއިރު އެމަނިކުފާނުގެ ރަނިންގމޭޓެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރިޔާސީ ސިޔާސަތު ތައް ގެންދަވަނީ ހާމަކުރައްވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!