މިއަދުވެސް ފަތުރުވެރިއަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އަނެއްކާވެސް ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އއ. އަތޮޅު ހޮސްޕިޓަށް ގެންދާކަމުގެ މައުލޫމާތު 10:31 ގައި ފުލުހުންނަށް ވަނީ ލިބިފައެއެވެ.
"އެއީ ޔޫކޭ އަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެއް. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މޫދަށް އެރި އުޅެނިކޮށް މިއަދު ފަތުރުވެރިއަކު ނިޔާވި އިރު އިއްޔެވެސް ވަނީ މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެންބިގެން ނިޔާވެފައެވެ. މިގޮތުން އިއްޔެ ނިޔާވީ އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއެކެވެ.
މިދިޔަ ހަފްތާގައި ކުރަމަތި ރިސޯޓުން މޫދަށް އެރި އުޅެނިކޮށް ވަނީ 62 އަހަރުގެ ޖަރުމަނުގެ ފަތުރުވެރިއެއް މަރުވެފައެވެ.