ޚަބަރު ސިޔާސީ

ރައީސް ޔާމީން މިނިވަންވާނެ ކަމަށް ބުނަނީ ޤާނޫނީ ހަމަތަކުގެ ތެރެއިން އެ ފުރުސަތު އޮތުމުން: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީީސް އާދަމް ޝަރީފު އުމަރު

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ވާނެ ކަމަށް އިދިކޮޅުން ބުނަނީ، ޤާނޫނުގެ ތެރެއިން އެ ފުރުސަތު އޮތުމުން ކަމަށާއި، އެއީ ހަމައެކަނި ސަޕޯޓަރުންގެ މާޔޫސްކަން ފިލުވައިލަން ދައްކާ ވާހަކައެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ވެސް ދީފައި ވަނިކޮށް، ރައީސް ޔާމީނަށް 11 އަހަރުގައި ޖަލު ޙުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނަށް އިއްވި ޙުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައިވާއިރު، އަދިވެސް އަޑު އެހުންތައް ފަށާފައި ނުވުމަކީ އިދިކޮޅުން ކަންބޮޑުވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު "ދެން"އަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވާނެ ކަމަށް ބުނަނީ، ޤާނޫނީ ހަމަތަކުން، އެ ފުރުސަތު އޮތް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.

"އެއީ ހަމައެކަނި ސަޕޯޓަރުންގެ މާޔޫސްކަން ފިލުވައިލަން އެކަނި ބުނާ ވާހަކައެއް ނޫން." އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ހާލަތަކަށް އިދިކޮޅުން ނުވިސްނާ ކަމަށާއި، އެ މަނިކުފާނު ނޫން އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Ads by HDC
  1. ދިސްވޭ

    ރައީސް ޔާމީން މިނިވަން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ރައީސް ޔާމީންގެ ވެސް ކުށް އެބަހުއްޓޭ މީގައި އެއިރު ވެސް ޖޭޕީ އާއި އަދާލަތާއި އަދި ޕީޕީއެމް ވެސް ބުނަމުން ދިޔައޭ އަދީބު ބްރޯ އެއީ ބޮޑުވަގެކޭ އޭނާ އެކުރަނީ ވައްކަމޭ ބުނުމުން ރައީސް ޔާމީން އެކަމަށް ޗެލެންޖް ކޮށް ބްރޯ އަށް ހިތްވަރުދީ އަދި ޑރ. ޖަމީލު މަގާމުން ވަކި ކޮށް ދޮންކެޔޮ ނިހާނު މެން ފަދަ ނުކިޔަވާ ތިބި ކަނޑުކޮހުން ބުނާ އެއްޗެއް އަޑުއަހައިގެން އެގޮތަށް ކަންކަން ރައީސް ޔާމީން ކުރުމުން އޭގެ ހިތި ނަތީޖާ މިފެންނަނީ ހަމަ އެފަދަ ކަނޑުކޮހެކޭ ތިޔާ އާދަމް ޝަރީފު އަކީ ތަމެން ނޫންތޭ ބުނީ މާލެ ވަށާ ރިޔާ ނެގި ބަތްތެލި ދުއްވާ ވާހަކަ ދެފައި ދަނޑިއަށް ސީލާ ވާހަކަ ނޫންތޭ އެދައްކަނީ ތަމެން ވާނުވާ ނޭގި ތިބެ ދަކިއްލި ތަޅާ ކިޔަވައިގެން ތިބި ބަނޑުއަކިރިން މިނިސްޓަރުންނަށް ލުމުންނޭ ރައީސް ޔާމީންގެ ވެެރިކަން ވެއްޓުނީ ރައީސް ޔާމީން ދުލެއް ނުވާނެ ރިޔާސީ އިންތިޚާބުގެ ކުރިން ނުވާނެއޭ އެއީ ވާނޭ ކަމެއް ނޫނޭ ބަދަލުގައި ޕީޕީއެމް އިން ޖޭޕީ އާއި ގުޅިގެން ގާސިމް އަންނި އަށް ވެރިކަން ހޯދާ ދީގެން ޕީޕީއެމް ސަފު ތައް އަލުން ރުކުރުވާލައިގެން ދެން އަންނަ ސަރުކާރަކާއި ގުޅިގެން އިންޑިއާ ސިފައިން މިގައުމުން ބާލާ އިންޑިއާގެ ވަގުން ތައް މިގައުމުން ބާލާ މިގައުމު ގައި ހުރި ވަޒީފާ ތައް ދިވެހިންނަށް ލިބޭނެ ގޮތޭ ހަދަންވީ އެއީއޭ ކުރަން ޖެހޭނެ ކަމަކީ…