ޚަބަރު އިޖުތިމާޢީ

ސިފައިންގެ ވަޒީފާއަށް ހުޅުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވައިލައްވައިފިއެވެ.

Ads by STELCO

ޑިފެންސް މިނިސްޓްރީން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުން އޭޕްރީލް 16 ވަނަ ދުވަހުގެ މެންދުރު 2:00 ހަމައަށް ހުޅުވައިލައިފައިވާކަމަށެވެ.

މީގެއިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވެއެވެ.  ވަޒީފާއަށް އެދި ހުށަހަޅާ މީހަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް އޮތް މީހަކު ކަމުގައިވެސް ވެގެން ނުވާނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެކަމަށްވެސް ޑިފެންސް މިނިސްޓްރީގެ އިއުލާންގައިވެއެވެ.

ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި އެމް.އެން.ޑީ.އެފް ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިފޯމް އޮންލައިންކޮށް ހުށަހެޅޭނެކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!