ޚަބަރު ސިޔާސީ

އެމްޑީޕީ ފަޅިއެއް ނުކުރެވޭނެ: ރީކޯ މޫސަ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މީގެ ކުރިންވެސް އެމްޑީޕީ އާއި މެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި މެމްބަރުން އުޅޭ ކަމަށާއި އެހެންނަމަވެސް އެމްޑީޕީ ފަޅި ނުކުރެވޭނެ ކަމަށް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

ރީކޯ ވިދާޅުވީ 17 އަހަރުތެރޭގަ ޕާޓީގެ ރައީސް ބޭނުންވެގެން މެމްބަރުން ބޭރުވެސްކުރި ކަމަށާއި އެހެންނަމަވެސް މިހާރު ބަޔަކު ހިތް ހަމަނުޖެހިގެން އުޅުނު ނަމަވެސް އެމްޑީޕީ ބައިބައި ވެގެން ނޫޅޭކަމަށެވެ.

"މީގެ ކުރިންވެސް އެމްޑީޕީ އާ ހިތްހަމަ ނުޖެހިގެން މެމްބަރުން ވާހަކަދައްކާ، އަދި 17 އަހަރުތެރޭގަ ޕާޓީގެ ރައީސް ބޭނުންވެގެން މެމްބަރުން ބޭރު ވެސް ކުރި، މިހާރު ވެސް ބަޔަކު ހިތްހަމަނުޖެހިގެން އުޅުނަސް އެމްޑީޕީ ބައިބައި ވެގެން ނޫޅޭ، ބަޔަކުއުޅެނީ އެގޮތަށް ދައްކަން، އެމްޑީޕީ ފަޅިއެއް ނުކުރެވޭނެ" ރީކޯ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހުއެވެ. އެޕްރައިމަރީ އަށްފަހު ޕްރައިމަރީ އިން ބަލިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ އެތެރޭގައި އިތުރު ގޮތްޕެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި އެމަނިކުފާނަށް ތާއިދު ކުރާ މެމްބަރުން ގެންދަވަނީ ޕާޓީން ވަކިވުމުގެ ވާހަކަވެސް ދައްކަވަމުން ކަން ފާހަގަކޮށްލެވެއެވެ.

  1. އައިސް

    ފަޅިވެ ކުދި ކުދި ވެފަ

  2. ހިނގާދަމާ

    ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ގާސިމް އަންނި ހޮވަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާށެ ނަލަކުރަމާ މިވަތަންގެ ދަރިންގެ ފަހި ކުރިމަގު ހިނގާ ރުވަން ފެންދީ އާރޯކުރަމާ މިވަތަންގެ އެންމެ ކަތުންގެ މަތިވަރު ހިނގާ އުޖާލާ ކުރަމާ މިއުދަރެހާއި މިފަލަކު ހިނގާ ނަފާ ހޯދަން މިވަތަންގައި ވިޔާފާރި ކޮށްގެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….