ޕޫޓިން ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރެފި
ޔޫކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު(އައިސީީސީ)އިން ނެރެފިއެވެ.
ހެގްގެ ކޯޓަކުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި އަމުރަކީ ޔޫކްރެއިންގެ ހިފާފައިވާ ސަރަހައްދުތަކުން ކުޑަކުދިން ރަޝިއާއަށް ބަދަލުކޮށް ޤަަނޫނާ ހިލާފަށް ޑީޕޯޓްކޮށް، ރަޝިއާއަށް ބަދަލުކުރުމުގައި ޕުޓިންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ އަމުރެއް ނެރެފައިވާ އަމުރެއް ކަމަށެވެ.
އަދި ކުޑަކުދިން ވަގަށް ނެގުމުގެ ކުށުގެ ތުހުމަތުގައި، ސީދާ ނުވަތަ އެހެން މީހުންނާ ގުޅިގެން، އަދި އެ އަމަލުތައް ހިންގި މަދަނީ އަދި އަސްކަރިއްޔާގެ ދަށުގައި ތިބޭ މީހުންގެ މައްޗަށް ރަނގަޅަށް ކޮންޓްރޯލް ކުރެވިފައި ނުވާތީ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ކޯޓުން އެޅި ފިޔަވަޅަކީ މާނައެއް ނެތް ފިޔަވަޅެއް ކަމަށް މޮސްކޯއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޕުޓިން އަކީ ފަރުދީ ޖިނާއީ ޒިންމާ އުފުއްލަވާ ބޭފުޅެއް ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް އެބަހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ޔޫކްރެއިންއަށް އަރައިގަތް ފަހުން އަނިޔާވެރި ޢަމަލުތައް ހިންގާކަމަށް އިންކާރުކުރާ ރަޝިޔާއިން ވަނީ އައިސީސީގެ މިއަމުރަކީ ބާތިލް އަމުރެއްކަމަށް ކަމަށް ބުނެފައެވެ.
"ބައިނަލްއަވާމީ ކްރިމިނަލް ކޯޓުގެ ނިންމުންތަކަކީ ގާނޫނީ ނަޒަރަކުން ވެސް އަޅުގަނޑުމެންގެ ގައުމަށް މާނައެއް ނެތް ނިންމުންތަކެއް." އައިސީސީގެ އިއުލާނާ ގުޅިގެން ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ އޭނާގެ ޓެލެގްރާމް ޗެނަލްގައި ވިދާޅުވެފައިވެއެވެ.
ރަޝިޔާއަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ރޯމް ސްޓެޓިއުޓްގައި ބައިވެރިވާ ޤައުމެއް ނޫން ކަމަށާއި އެ ގާނޫނުގެ ދަށުން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.