ޚަބަރު އިޖުތިމާޢީ

ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ގެއްލިގެން ހޯދަމުން އަންނަ ޒޯޔާ/ ފޮޓޯ ޝޯޝަލް މީޑިއާ

ވިލިމާލެއިިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Sosun Fihaara

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މެސެޖެއްގައި ބުނާ ގޮތުން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. ގެއްލިގެން ހޯދަމުން ދަނީ ޢާއިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. މިކުއްޖާ ގެއްލިފައިވަނީ ރޭ 19:30 ހާއިރުން ފެށިގެން ކަމަށްވެސް ދައުރުވަމުން އަންނަ މެސެޖުގައި ވަނީ ބުނެފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފެށީ އޭނާ ދިރިއުޅޭ ގޭ ކައިރި ހުންނަ ފިހާރައަކަށް ދިއުމަށް ކަމަށްބުނެ ބުނެފައި ނިކުތް ގޮތަށް އާއިލާއަށް އޭނާގެ ޚަބަރެއް ނުވުމުންނެވެ.

މިމައްސަލައާއި ގުޅޭ ގޮތުން ފުލުހުން ބުނީ ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ ދަންވަރު 1:33 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!