ޚަބަރު

ގުރައިދޫ ބައި އިލެކްޝަނަށް އެމްއެންޕީ އިން އެރަށަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ މަހުގެ 51 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓީމެއްވެސް ގުދައިދޫއަށް ގޮސްފިއެވެ.

Ads by STELCO

މިގޮތުން، ކެމްޕޭނަށް މިއަދުވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އެޕާޓީގެ ޓީމަކުން ގުރައިދޫއަށް ގޮސްފައެވެ. މި ޓީމުގައި އެމްއެންޕީގެ ލީޑަރޝިޕްގައި ހިމެނޭ އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

އެމްއެންޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ގުރައިދޫ ފިޔާތޮށިގެ އަލީ އާރިފްއެވެ. މި ބައި އިލެކްޝަންގައި އަލީ އާރިފްގެ ޝިއާރަކީ "ފުދުންތެރި ދާއިރާއަކަށް" މިއެވެ.

މީގެ ކުރިން އެމްއެންޕީންވަނީ އާރިފަށް ތާއީދު ހޯދުމަށް ކ.މާފުށީގައި ޕޯސްޓަރު ހަރު ކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ފާއިތުވި ހަފްތާ ބަންދުގައި ވަނީ ދާއިރާގެ ތިން ރަށަށް ދަތުރުކޮށްފައެވެ.

އެމްއެންޕީގެ ޓީމެއް ބައި-އިލެކްޝަން ކެމްޕޭނަށް ގުރައިދޫއަށް ވަޑައިގެންފައި ވާއިރު، އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ އެ ދާއިރާގައި ބައި އިލެކްޝަން ކެޕްޕޭން ހަރަކާތްތައް ފަށާފައެވެ. އެހެންނަމަވެސް ވެރިކަންކުރާ އެމްޑީޕީން އަދި މިހާތަނަށް ރަސްމީ ސިފައެއްގައި ކެމްޕޭން ހަރަކާތްތައް ފަށާފައެއް ނުވެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ފާއިތުވި ފެބްރުއަރީމަހު އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވައިފައިވާ ބޭފުޅެކެވެ.

  1. ައަހުސް

    ހޭބައްޔާ މަހެއްގަ 51 ދުވަސް އިންނަކަމެއް އެގިފަނެތް ތައްދޮރުބަލާެގެްއްލިއެބަލަ