ޚަބަރު ސިޔާސީ

އެވޯޑުތަކަކީ ގިނަ ވޯޓު ހޯދަން ދޭ އެއްޗަކަށް ވެގެން ނުވާނެ: ވައްޑެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޤައުމީ އިނާމާއި، އެވޯޑުތަކަކީ ގިނަ ވޯޓު ހޯދަން ދޭ އެއްޗަކަށް ވެގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ޚިދުމަތްކުރި ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމަށް މިއަދު ހުޅުވައިލުމާ ގުޅިގެން  ވައްޑެ ވިދާޅުވީ ޤައުމީ ޝަރަފްވެރި އިނާމުތަކީ ސިޔާސީ މަޤްސަދެއް ހާސިލު ކުރުމުގެ ގޮތުން ބަހާ އެވޯޑަކަށް ވެގެން ނުވާނެކަމަށެވެ.

ޤައުމީ އިނާމާއި، ޤައުމީ އެކި އެވޯޑުތަކަކީ ވަކި މީހަކަށް ގިނަ ވޯޓު ހޯދުމަށް ބަހާ އެއްޗަކަށް ވެއްޖެނަމަ އޭގެ ނަތީޖާވެސް ރަނގަޅު ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމީ އިނާމުގެ އެންމެބޮޑު ސިފައަކީ އޭގެ ޝަރަފުވެރިކަމާއި އަގު ވަޒަންކުރެވޭ މިންވަރު. ދެއިރުކާ ބޭހެއްގޮތަށް ޤައުމީ އިނާމާއި އެވޯޑުތައް ބަހައި، މިކަން “ބޮޑުގުޅަކުރުމަކީ” އެހާ ބުއްދިވެރި ކަމެއް ނޫން.

ދަޢުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅަން އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވައިލައިފައެވެ.

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް ދެއްވުމަށް ނިންމެވީ 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!