ޚަބަރު

އަރަބިއްޔާގައި މޫނު ބުރުގާ އެޅުން މަނާކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، އަރަބިއްޔާގައި، މޫނު ބުރުގާ އަޅައިގެން ބައެއް ދަރިވަރުން ސްކޫލަށް ހާޒިރުވާތީ، އެކަން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސްކޫލުން ތަންފީޒް ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެ ސްކޫލުން މިދިޔަ އަހަރު ވަނީ އެދިފައެވެ. އެޑިއުކޭޝަނުން ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ސްކޫލުގައި އެދިފައެވެ.

އެ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެބަތިބި ކަމަށްވެއެވެ. ރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅެވެ.

މޫނު ބުރުގާ އެޅި ދަރިވަރުންގެ ނަންތައް ނޯޓްކޮށްފައިވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ބިރު ދެއްކުން ކަމަށްބުނެ އެ ސްކޫލުގެ ބެލެނިވެރިން އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!