ޚަބަރު

އެޗްޑީސީން ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން އެޗްޑީސީން އިޢުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން  އިޢުލާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި ހުރި ހަ މެކޭނިކަލް ޕާކިން ސިސްޓަމެއް މަރާމާތުކުރުމަށްފަހު، އޮޕަރޭޓްކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ހަ ޕާކިން ސިސްޓަމުގައި ޖުމްލަ 166 ކާރަށް ޕާކް ކުރެވޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ.

އެ ކުންފުނިން ހުޅުވައިލީ، ނިރޮޅުމަގުގައި ހުރި ދެ ޕާކިން ސިސްޓަމް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށާއި، ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމެއް ބަލައްޓާނެ ބަޔަކު ހޯދުމަށާއި ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމް ހިންގާނެ ބަޔަކު ހޯދުމަށެވެ.

މިކަމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި ޒޫމް މެދުވެރިކޮށެވެ.

އަދި މި މަހުގެ 27 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭއިރު، ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އަންނަ މަހު ތިނެއްގައި ކަމަށް އެޗްޑީސީން މަޢުލޫމާތުދެއްވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!